Tuesday, 28 July 2026

އިސްލާމިކް ޓީވީ ޗެނަލް އަންނަ މަހު ލޯންޗް ކުރަނީ

އަންނަ މަހުގެ ތެރޭގައި އިސްލާމިކް ޓީވީ ޗެނަލް ލޯންޗް ކުރުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ކުރަން ރާވާފައިވާ ކަންކަން ހާމަކުރައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމު ވިދާޅުވީ އިސްލާމިކް ޓީވީ ޗެނަލް ލޯންޗު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

މިނިސްޓަރު ޝަހީމް ދާދިފަހުން ވަނީ މި ޗެނަލަށް ކިޔާނެ ރީތި ނަމެއް ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފަ އެވެ. އެ ފުރުސަތުގައި ގިނަ ނަންތަކެއް އާންމުން ވަނީ މިނިސްޓަރަށް ހުށަހަޅާފަ އެވެ.

ރާއްޖޭގައި މިހާރު ހިންގަމުން އަންނަ ދީނީ ޓީވީ ޗެނަލްތަކަކީ ދާރިސް ޓީވީ އާއި އަލް ކައުނެވެ.

އިސްލާމިކް މިނިސްޓްރީން އަންނަ މަހުގެ ތެރޭގައި ކުރުމަށް ރާވާފައިވާ އިތުރު ކަންކަމަށް ބަލާއިރު ޒަކާތު ހައުސް އިފްތިތާހު ކުރުމާއި، އިސްލާމީ ދައުވަތުގެ 2024 ވަނަ އަހަރުގެ ޕްލޭން އިފްތިތާޙުކުރުމާއި، އަތޮޅު ވަޤުފު މަޝްރޫޢު އިޢުލާންކުރުމާއި، ސައުދީ އަރަބިއްޔާއާ އެކު ހައްޖާއި އުމްރާގެ ހިދުމަތުގެ އެއްބަސްވުމުގައި ސޮއިކުރުން ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *