ގއ. ވިލިނގިލީގައި މަހަށް ނުކުމެ އުޅުނު ބިދޭސީ ފިރިހެނަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ، ވިލިނގިލިން ދޯންޏެއްގައި މަހަށް ގޮސް އުޅުނު ބަންގްލަދޭޝް ފިރިހެނެއްގެ ހާލު ސީރިއަސްވެ، ރޭ ދާންދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، 35 އަހަރުގެ މި މީހާ، އެ ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


