Monday, 26 October 2026
އާރުޑީސީއިން ގދ. ގައްދޫ ގައި ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫޢު

ނުނިމި އޮތް 17 ރަށެއްގެ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށައިފި

ނުނިމި އޮތް ރާއްޖޭގެ 17 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ރޯޑް ޑިވެލޮޮޕްމަންޓް ކޯޕްރޭޝަނުން ބުނެފިއެވެ.

މިދިޔަ ސަރުކާރުގައި އާރުޑީސީއާ މަގު ހެދުމުގެ 37 މަޝްރޫއު ހަވާލުކުރި އެވެ. އޭގެތެރެއިން މަސައްކަތް ފެށި ބައެއް ރަށްތައް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެެވެ. ބައެއް ރަށްތަކުގައި ހޮޅިވަޅުލަން މަގުތައް ކޮނެ ބޮޑެތި ފަސް ފުނި ޖަހާ ހިސާބުން ވެސް މަސައްކަތް މެދުކެނޑިފައި ހުރި ކަމުގެ ޝަކުވާ ކުރި އެވެ.

ރާއްޖޭގެ ތިން ސަރަހައްދަކަށް ބަހާލައިގެން އާރުޑީސީއިން ގެންދާ މަޝްރޫއުތަކުގެ ތެރެއިން މަޑުޖެހިފައި ހުރި މަސައްކަތްތައް އަލުން ފަށާފައިވާ ކަމަށާއި، އެއީ ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުރާއްޖޭގެ އަތޮޅުތަކުގެ ރަށްތައް ކަމަށް އެ ކުންފުނިން ބުނެއެވެ.

މަސައްކަތް އަލުން ފެށި ރަށްތައް

– ހއ. ދިއްދޫ – ހދ. ކުޅުދުއްފުށި – ށ. މިލަންދޫ – އދ. މާމިގިލި – ދ. ކުޑަހުވަދޫ – ތ. ތިމަރަފުށި

– ރ. ހުޅުދުއްފާރު – ނ. ހޮޅުދޫ – ނ. ވެލިދޫ – ލ. ގަން ފޭސް2 – ގއ. ކޮލަމާފުށި – ގއ. ވިލިނގިލި ފޭސް 2

– ޅ. ހިންނަވަރު  – މ. މުލައް – ގދ. ތިނަދޫ ފޭސް 2 – ގދ. ގައްދޫ

އާރުޑީސީން އަތޮޅުތަކުގެ ރަށްތަކުގެ މަގުތައް ނިންމަން ފަށާފައިވާ އިރު، މާލޭގެ އަމީނީމަގު ނިންމުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

އަމީނީމަގުގެ ނުނިމި އޮތް ދެ ބައި ހެދުމުގެ މަސައްކަތް އާރުޑީސީން ފަށާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ދަށުން އަމީނީމަގުގެ ސެގްމެންޓް 12 އަދި 13 ހެދުމަށް ވަނީ ހަމަޖެހިފައެވެ. ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022ގައި 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 84.4 މިލިއަން ރުފިޔާއަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *