Monday, 26 October 2026

ރޭ ދަންވަރު ވިލިމާލޭ މޫދަށް ގެނބުނު އަންހެނަކު ސަލާމަތްކޮށްފި

ރޭ ދަންވަރު ވިލިމާލޭ ބާބެކިއު ސަރަހައްދާއި ދިމާލުން މޫދަށް ގެނބެމުން ދިޔަ އަންހެނަކު ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނިގޮތުގައި އެ ފަރާތަށް ކުރި ރިޕޯޓަކާއި ގުޅިގެން، ރޭ 00:30 ހާއިރު ގެނބެމުންދަނިކޮށް ފުލުހުންގެ އެހީތެރިކަމާއެކު ސަލާމަތް ކޮށްފައިވަނީ 32 އަހަރުގެ އަންހެނެކެވެ.

އެ އަންހެން މީހާއަށް ވިލިމާލެ ހޮސްޕިޓަލް އަދި އައިޖީއެމްއެޗުން ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ހާދިސާގައި އަންހެން މީހާ ސަލާމަތްކުރަން އުޅުނު ފުލުހަށްވެސް ލޮނުބޮވި ވިލިމާލެ ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފަ އެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހްގީގް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *