Tuesday, 28 July 2026

ޖަބަލިއާގަ މިއަދުވެސް އެތައް ބަޔަކު ޝަހީދުވެއްޖެ: ހެލްތް މިނިސްޓްރީ

ޣައްޒާގެ އުތުރުގައި ހެނދުނުން ފެށިގެން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި 46 މީހެއްގެ ހަށިގަނޑާއި ޒަހަމްވި 110 މީހުން ޖަބާލިއާ މެޑިކަލް ސެންޓަރަށް ގެނެސްފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެއްޖެ އެވެ.

މުނީރު އަލް ބުރްޝް ވިދާޅުވީ އިސްރާއީލު ސިފައިން ބޮން އެޅި އިމާރާތްތަކުގެ ދަށުގައި އަދިވެސް އެތައް ބަޔަކު ތާށިވެފައިވާ ކަމަށެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދިން އެންމެ ވަރުގަދަ ހަމަލާތައް ދިން ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިއްޔެ ދިން ހަމަލާއެއްގައި ވެސް އެތައް ބަޔަކު ވަނީ ޝަހީދުވެފަ އެވެ.

މިހާތަނަށް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 19،667 މީހުން ވަނީ ޝަހީދުވެފައެވެ. ހަމާސް އިން އިސްރާއީލަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު ވަނީ ގާތްގަނޑަކަށް 1140 އަށް އަރާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *