Tuesday, 28 July 2026

ފައިލޭރިއާ އާއި ގުޅޭ ބައެއް ސުވާލުތަކާއި އޭގެ ޖަވާބު!

ފައިލޭރިއާ އަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ގައިންގަޔަށް އަރާ ބައްޔެކެވެ. މި ބަލި ޖެހޭ ބައެއް މީހުންގެ ކިބައިން އެއްވެސް އަލާމާތެއް ނުފެނެ އެވެ. އަނެއް ބައި މީހުންނަށް ފައި ދުޅަވެ، ފަލަވުން އަދި ހުން އައުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. ފައިލޭރިއާ އަކީ މަދިރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ.

1. ފައިލޭރިއާ އަކީ ކޮބާ؟

ފައިލޭރިއާސިސް (ފިލް-އޭ-އާރްވައިއީ-އޭ-ސަސް) ނުވަތަ ފައިލޭރިއާ އަކީ މަދިރީގެ ސަބަބުން ގައިން ގަޔަށް އަރާ ބައްޔެކެވެ. މި ބަލީގެ ސަބަބުން އިންފްލެމޭޝަން، ރިހުން އަދި ހުން އައުން ފަދަ ކަންކަން ދިމާވެއެވެ. ފަރުވާ ނުލިބި ގިނަ ދުވަސް ވާނަމަ ފައިލޭރިއާގެ ސަބަބުން ސިއްޙީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެއެވެ.

މި ބަލީގެ އެންމެ ސީރިއަސް ހާލަތްތަކުގައި ހަންގަނޑު ހަރުވެ، ހަންގަނޑާއި ގައިގާ ރިއްސުން ފަދަ މައްސަލަތައް ދިމާވެ އެވެ.

ފައިލޭރިއާ ޖެހެނީ ލިމްފެޓިކް ސިސްޓަމަށް އިންފެކްޓްކުރާ ކުދި ޕެރަސިޓިކް ވޯމްސް (ފައިލޭރިއަލް ވޯމްސް) މެދުވެރިކޮށެވެ. ލިމްފެޓިކް ސިސްޓަމަކީ ފްލުއިޑް ލެވެލް ބެލެންސްކޮށް، އިންފެކްޝަންތަކުން ހަށިގަނޑު ސަލާމަތްކޮށްދިނުމަށް އެހީތެރިވެދޭ ނިޒާމެކެވެ. ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ބައެއް ފަހަރު ލިމްފެޓިކް ފައިލޭރިއާސިސް އޭ ކިޔަނީ އޭގެ ސަބަބުން ތިބާގެ ލިމްފެޓިކް ސިސްޓަމަށް އަސަރުކުރާތީއެވެ.

 

2. ފައިލޭރިއާ ޖެހެނީ ކޮން ބަޔަކަށް؟

ފައިލޭރިއާ އަކީ ވިއްސާރަ މޫސުމުގައި އެންމެ ގިނައިން ފެތުރޭ އެއް ބައްޔެވެ. އޭޝިއާ، އެފްރިކާ އަދި ދެކުނު އެމެރިކާގެ ގައުމުތަކުގައި ފައިލޭރިއާގެ ކޭސްތައް ގިނަ އެވެ. އުތުރު އެމެރިކާގައި މި ބަލި ވަރަށް މަދުން ނޫނީ ނުފެނެ އެވެ. މި ބަލި ޖެހުމުގެ ފުރުސަތު ބޮޑ މި ބަލި ފެނިފައިވާ މަދިރި އުޅޭ ސަރަހައްދުތަކުންނެވެ.

 

3. ފައިލޭރިއާ އަކީ ކިހާ އާންމު ބައްޔެއް؟

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 120 މިލިއަން މީހުންނަށް ފައިލޭރިއާ ޖެހިފައިވެއެވެ. މިއީދުނިޔޭގެ އާބާދީގެ 1.5 އިންސައްތަ އެވެ. މި ބައްޔަކީ ރާއްޖެއިން އެއްކޮށް ނައްތާލެވުނު ބައްޔެކެވެ.

 

4. ފައިލޭރިއާ ޖެހެނީ ކީއްވެ؟

ފައިލޭރިއާސިސް އަކީ ރައުންޑްވޯމްގެ ބާވަތެއް ހުންނަ ޕެރަސިޓިކް އިންފެކްޝަނެކެވެ. ލޮލަށް ނުފެންނަ ވަރަށް މި ފަނިތައް މައިކްރޮސްކޯޕެއްގެ ދަށުން  ފެންނަނީ ރޮދިތަކެއް ފަދައިންނެވެ.

ފައިލޭރިއަލް ވާރމްސްގެ ތަފާތު ބާވަތްތައް ހުރެއެވެ.

ވޫޗެރީރިއާ ބެންކްރޮފްޓީ: މީގެ ސަބަބުން 10 އިން 9 މީހުންނަށް ބަލި ޖެހޭ
ބްރޫޖިއާ މަލައީ: ބަލީގެ ބާކީ ހުރި ގިނަ ކޭސްތަކަށް މަގުފަހިވަނީ  މި ބާވަތުން
ބްރޫޖިއާ ޓިމޯރީ: ގެ ސަބަބުން ވެސް އިންފެކްޝަން ޖެހޭ

 

5. ލިމްފެޓިކް ފައިލޭރިއާގެ އަލާމާތްތަކަކީ ކޮބާ؟

ލިމްފެޓިކް ފައިލޭރިއާ ހުންނަ ކޮންމެ ތިން މީހަކުން ގާތްގަނޑަކަށް ދެ މީހެއްގެ ކިބައިން ސީރިއަސް އަލާމާތެއް ނުފެނެ އެވެ. ނަމަވެސް ފައިލޭރިއާގެ ސަބަބުން އާންމުގޮތެއްގައި ދިފާއީ ނިޒާމު ބަލިކަށިވެގެން ދެއެވެ.

 

ބައެއް މީހުންނަށް ތަޖުރިބާ ކުރެވިދާނެ އަލާމާތްތައް:

ދުޅަވުން – އޯވައެކްޓިވޭޓެޑް ދިފާއީ ނިޒާމެއް.
ލިމްފެޑީމާ – ލިމްފެޓިކް ސިސްޓަމްގައި ފެން ހެދުން
ހައިޑްރޯސެލް – ފިރިހެނުންގެ ޖިންސީ ގުނަވަނުގެތެރޭގައި ހިމެނޭ (ސްކްރޮޓަމް) ފުއްޕާލުމާއި ފެން ހެދުން އުފެދުން.
އެޑީމާ – އަތް، ފައި، ބުރަކަށި އަދި އަންހެން ޖިންސީ ގުނަވަންތަކުގައި (ވަލްވާ) ފުއްޕާލުމާއި ފެން ހެދުން އުފެދުން.

 

6. ލިމްފެޓިކް ފައިލޭރިއާގެ ކޮމްޕްލިކޭޝަންތަކަކީ ކޮބާ؟

ލިމްފެޓިކް ފައިލޭރިއާ ޖެހިއްޖެނަމަ ގިނަ ދުވަސް ވާވަރަކަށް ލިމްފެޓިކް ސިސްޓަމަށް ލިބޭ ގެއްލުމުގެ ސަބަބުން ހަށިގަނޑަށް އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރަން އުނދަގޫވެދާނެ އެވެ. އަދި ދިފާއީ ނިޒާމުގެ މަސައްކަތް ދަށްވާނެ އެވެ.

  • ގިނަގިނައިން ބެކްޓީރިއަލް އިންފެކްޝަން އުފެދުން
  • އެލިފަންޓިއޭސިސް – ހަންގަނޑު ހަރުކޮށް ހަރުކަށިވެ، ފެންހެދުމުގެ ސަބަބުން ވޭންދެނިވި، އުދަނގޫތައް ކުރިމަތިވެ، ހަށިގަނޑުގެ ބައިތައް ބޮޑުވުން
  • ޓްރޮޕިކަލް ޕަލްމޮނަރީ އީއޮސިނޮފީލިއާ ސިންޑްރޯމް – ލޭގެ ހުދު ސެލްތައް އިތުރުވެ ކެއްސުމާއި ނޭވާލާން އުނދަގޫވުން.

 

7. ފައިލޭރިއާ ފެތުރެނީ ކިހިނެއް؟.

ފައިލޭރިއާ ފެތުރެނީ މަދިރީގެ ޒަރިއްޔާއިންނެވެ. ފައިލޭރިއާ ހުންނަ މީހެއްގެ ގައިގައި މަދިރިއެއް ހެފުމުން އެ މީހެއްގެ ލޭގައި ވާ ފައިލޭރިއަލް ފަނި މަދިރީއަށް އިންފެކްޓް ކުރެއެވެ. ދެން ބަލި ޖެހިފައިވާ މަދިރި އެހެން މީހެއްގެ ގައިގައި ހެފުމުން، އެ މީހާގެ ލޭގެ ތެރެއަށް ފަނިތައް ވަދެގެން ދެއެވެ.

މި ފަނިތައް އެމީހާގެ ލޭގެ ތެރެއަށް ވަނުމުން، އެމީހެއްގެގެ ލިމްފެޓިކް ސިސްޓަމަށް ދަތުރުކުރެއެވެ. އެތާނގައި އެތަކެތި ބޮޑެތި ފަނިތަކަށް ބަދަލުވެއެވެ. ބޮޑެތި ފަނިތައް ހަތް އަހަރު ވަންދެން ދިރިތިބެއެވެ. ފައިލޭރިއާ ފަނި އަލުން އުފައްދައި، އެތައް މިލިއަން ފަނިތަކެއް ލޭގެ ތެރެއަށް ދޫކޮށްލައެވެ.

 

8. ފައިލޭރިއާ އިން ރައްކާތެރިވާނީ ކިހިނެއް؟

ފައިލޭރިއާ އިން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަދިރިން ރައްކާތެރިވުމެވެ. ފައިލޭރިއާ އިންފެކްޝަން ޖެހުމުގެ ފުރުސަތު އޮތް ތަންތަނުގައި ދިރިއުޅޭނަމަ ނުވަތަ ދަތުރުކުރާނަމަ މަދިރިން ރައްކާތެރިވުމަށް ތިރީގައި މިވާ ފިޔަވަޅުތައް އަޅާށެވެ

  • މަދިރި ގެ ބޭނުން ކުރުން
  • ރޭގަނޑުގެ ވަގުތުތަކުގައި ހާއްސަކޮށް ހަންގަނޑުގައި އިންސެކްޓް މަދިރި ރިޕެލެންޓް ބޭނުން ކުރުން
  • ދިގު ހަރުވާޅާއި ދިގު އަތްދިގު ހެދުން އެޅުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފައިލޭރިއާ އާންމުވެފައިވާ ސަރަހައްދުތަކުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާދެނީ މުޅި ސަރަޙައްދުތަކަށް ޕްރިވެންޓިވް ކީމޯތެރަޕީ ދީގެން ފަރުވާ ދިނުމަށެވެ. މި ޕްރިވެންޝަން ސްޓްރެޓެޖީއާއެކު އިންފެކްޝަންގެ ނުރައްކާ އޮތް މީހުން ކޮންމެ އަހަރަކު ވެސް ހާއްސަ ކީމޯތެރަޕީ ބޭހުގެ ޑޯޒެއް ނަގަ އެވެ.

މި ބޭސްތަކުގެ ސަބަބުން ބޮޑެތި ފަންޏަށް ކުޑަ އަސަރެއް ކުރާ އިރު، ޅަ ފަނި އަލުން އުފެއްދުމުން ދުރުކޮށްދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *