Tuesday, 28 July 2026

ދަރިފުޅު ހަމަލާދީ ޒަހަމްކޮށްލި މަންމަ ފަރުވާއަށް ފަހު ދޫކޮށްލައިފި

ވަޅިއަކުން ދަރިއަކު ދިން ހަމަލާއެއްގައި ރޭ ޒަހަމްވި އަންހެން މީހާ އަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.

އުމުރުން 51 އަހަރުގެ މީހާ އަށް ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ. ފަރުވާ އަށް ފަހު އޭނަ ދޫކޮށްލީ މިއަދެވެ.

އަންހެން މީހާ އަށް އޭނަގެ ދަރިއަކު ހަމަލާ ދިނީ އާއިލާގެ ދެބެއިންގެ މެދުގައި ހިންގި ހަމަނުޖެހުމެއް ހުއްޓުވަން އުޅުމުގެ ތެރޭގަ އެވެ. އަދި މަންމަ އަށް ހަމަލާދިން 25 އަހަރުގެ ފިރިހެން މީހާ އަކީ ނަފުސާނީ ބަލީގެ މީހެކެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ ބެލުމުގެ ދަށުން އޭނަ އަށް އަންނަނީ އައިޖީއެޗްގައި ނަފުސާނީ ފަރުވާތަކެއް ދެމުންނެވެ.

މަންމަ އަށް ދަރިފުޅު ހަމަލާ ދިނީ ރޭ އިރާކޮޅު 7:00 ޖަހަން އުޅެނިކޮށް ހުޅުމާލޭގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *