ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ބައްސާމް އަދީލް ޖަލީލް ދެ އެއިދާރާގެ ރައީސް ކަމަށް ތިންވަނަ ދައުރަކަށް ކުރިމަތި ނުލާން ނިންމައިފިއެވެ.
ބައްސާމް މިކަން އިއުލާނު ކޮށްފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް އެފްއޭއެމްގެ އެކްސްކޯއިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
އިންތިހާބުގައި ވާދަނުކުރައްވާކަން އިއުލާން ކުރައްވާ ބައްސާމް ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކިއެކި ހައިސިއްޔަތު ތަކުން އެކިފެންވަރުގެ ކާމިޔާބީއާއި ނާކާމިޔާބީއާއި ކުރިމަތިވި ކަމުގައި ބައްސާމް ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ އިތުރުން ފުޓުބޯޅަ "އައު ޒައާމަތެއްގެ ޤިޔާދަތުގެ" ދަށުން ކުރިއަށް ގެންދިޔުމަށް ފުރުސަތު ދެއްވަން ބޭނުންފުޅު ވާކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިލެކްޓޯރަލް ކޮމިޓީއެށް އެކުލަވާ ލާނެކަމުގައިވެސް ބައްސާމް ވަނީ ފާހަގަ ކުރައްވާފައެވެ.
ފަހަކަށް އައިސް ގިނަ ތުހުމަތު ތަކެށް ބައްސާމްގެ މައްޗަށް ކުރެވެމުން އަންނަ އިރު، ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ލުމަށް މަސައްކަތް ފަށާ، އެކަމަށް ބޭނުންވާ އަދަދަށް ސޮއެ މިހާރު ވަނީ ހަމަކުރެވިފައެވެ. މަހިނބަދޫ ދާއިރާގެ މެންބަރ އަދި ކުރީގެ އެފްއޭއެމްގެ ރައީސް އިސްވެ ހުންނަވާ މިކަން ފައްތަވަމުން ކުރެއްވި އެކްސްއެއްގައި، ތާރިގް ވަނީ ފުޓުބޯޅައަށް ކުޑަވެސް ލޯއްބެއް ހުރި ނަމަ އިސްތިއުފާ ތިނުމަށްވެސް ގޮވާލާފައެވެ.
ބައިނަލްއަގުވާމީ އިދާރާތަކުން އެފްއޭއެމްއަށް ދިން ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ފުލުހުންނާއި ޕީޖީ އޮފީހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ "ޕްރައިމް ސަސްޕެކްޓް" ގެ ގޮތުގައިވެސް ފާހަގަ ކުރެވިފައި ވަނީވެސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ. އެހެން ކަމުން ގިނަ ބައެއްގެ ފާޑު ކިޔުން ބައްސާމްއަށް އަމާޒު ވަމުންދާއިރު، އެމަގާމުން އިސްތިއުފާ ދިނުމަށްވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.


