Monday, 26 October 2026

މާލީ ބަޔާން ގޯސްވެ، ފަސް ކެނޑިޑޭޓަކު ޖޫރިމަނާ ކޮށްފި

މާލީ ބަޔާން ގޯސްކޮށް ހުށައެޅުމާއި ގުޅިގެން ރިޔާސީ އިންތިހާބު ގައި ވާދަކުރި ފަސް ކެންޑިޑޭޓަކާއި އެ ކެންޑިޑޭޓުންގެ އެޖެންޑުން ޖޫރިމަނާ ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބަށް ކުރިމަަތިލީ 8 ކެންޑިޑޭޓުންގެ މާލީ ބަޔާން އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި ކޮމިޝަނުން އެ ބަޔާންތައް ދިރާސާ ކުރުމަށް ފަހު އިންތިހާބާ ބެހޭ ގާނޫނު ގައި ބަޔާން ކޮށްފައިވާ ކަންކަން ފުރިހަމަ ނުވާތީ މާލީ ބަޔާންތައް ހުށައަޅާފައިވާ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓާ މެދު ފިޔަވަޅު އެޅުމަށް މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލްވުމުގައި ނިންމާފައިވާ ކަމަށެވެ.

ކޮމިޝަނުން ނިންމީ ފަސް ކެންޑިޑޭޓެއްގެ މާލީ ބަޔާން ހުށައެޅީ ރަނގަޅަށް ނޫން ކަމުގައެވެ. އެހެން ކަމުން ކޮންމެ ކެންޑިޑޭޓެއް 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓުން ކޮންމެ އެޖެންޓެއް ހަ ހާސް ރުފިޔާ އިން ޖޫރިމާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އެ ކެންޑިޑޭޓުންނަކީ؛

  •  އުމަރު ނަސީރު – ހ. ދޮންޖޭމުގެ / މާލެ
  •  ހަސަން ޒަމީލް – މއ. މާވެޔޮ ވިލާ / މާލެ
  •  އަހްމަދު ފާރިސް މައުމޫން – މއ. ކިނބިގަސްދޮށުގެ / މާލެ
  •  އިލްޔާސް ލަބީބު – ބުލޫސްކައި / ސ. ހުޅުދޫ
  •  މުހައްމަދު ނާޒިމް – މ. ސީނުކަރަންކާގެ / މާލެ

އެ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ވެސް ވަނީ އަންގާފައެވެ.

ރިޔާސީ އިންތިހާބު ގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ގާނޫނު ގައި ބުނާ އުސޫލާ އެއްގޮތަށް މާލީ ބަޔާން ހުށައަޅާފައި ވަނީ ރައީސް ޑރ. މުހައްްމަދު މުއިއްޒު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާސިމް އިބްރާހިމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *