Tuesday, 28 July 2026

ދުނިޔޭގެ އެންމެ ކަމުދާ ޓޫރިސްޓު މަންޒިލުގެ އެވޯޑް ރާއްޖެއަށް

ދުނިޔޭގެ އެންމެ ކަމުދާ ޓޫރިސްޓު މަންޒިލުގެ އެވޯޑު ރާއްޖެއިން ވިދިވިދިގެން 4 ވަނަ ފަހަރު ކާމިޔާބު ކޮށްފި އެވެ.

މިއީ ދުނިޔޭގެ ޓުރިސްޓް އެވޯޑު ބޭއްވި 30 ވަނަ ފަހަރެވެ. މިއަހަރުގެ ދުނިޔޭގެ ލީޑިން ޓޫރިސްޓް ބޯޑުގެ އެވޯޑު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ހާސިލުކޮށްފައިވާއިރު، މިދިޔަ އަހަރުވެސް އެ އެވޯޑު ހާސިލުކުރީ އެމްއެމްޕީއާރްސީންނެވެ.

މި އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ މަގާމު ރާއްޖެއިން ހާސިލްކޮށްފައިވަނީ ވޯލްޑް ޓްރެވަލް އެވޯޑްސް 2023 ގައި ދުބާއީ، އިންޑޮނޭޝިއާ، ނިއުޒީލެންޑް، ސްޕެއިން، އަދި ވިއެޓްނާމް ފަދަ ދުނިޔޭގެ މަޝްހޫރު 17 މަންޒިލަކާ ވާދަކޮށްގެންނެވެ.

ޓްރެވެލް އެވޯޑްސްގައި ރާއްޖޭން ހާސިލުކުރި އެވޯޑުތައް

  • ވޯލްޑްސް މޮސްޓް ރޮމޭންޓިކް ރިސޯޓް 2023 – ބަރޮސް މޯލްޑިވްސް
  • ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ 2023 – ޓްރާންސް މޯލްޑިވިއަން އެއާވޭސް
  • ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން 2023 – މޯލްޑިވްސް
  • ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް 2023 – ހުޅުލޭ އައިލެންޑް ހޮޓެލް
  • ވޯލްޑްސް ލީޑިން ބުޓީކް އެއާޕޯޓް ހޮޓެލް 2023 – ހޮޓެލް ޖެން މާލެެ ބައި ޝަންގްރިލާ
  • ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް 2023 – ޖޭއޭ މަނަފަރު
  • ވޯލްޑްސް ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް 2023 – ވައްކަރު މޯލްޑިވްސް
  • ވޯލްޑްސް ލީޑިން ޕްރައިވެޓް އައިލެންޑް 2023 – ވެލާ ޕްރައިވެޓް އައިލެންޑް
  • ވޯލްޑްސް ލީޑިން ވޯޓާ ވިލާ ރިސޯޓް 2023 – އެމަރޯލްޑް މޯލްޑިވްސް ރިސޯޓް
  • ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑު 2023 – މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *