Tuesday, 28 July 2026

ޔާމީން އުފައްދަވާ އާ ޕާޓީގެ ނަމަކަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް ހަމަޖައްސައިފި

ޕީޕީއެމްގެ ކުރީގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފެއްދަވާ އާ ޕާޓީގެ ނަމަކަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުން ނަން ދީފިއެވެ.

މިދިޔަ ބުރާސްފަތި ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވާފައި ވާއިރު، އެމަނިކުފާނުވަނީ އާ ޕާޓީއެއް އުފައްދަވާނެކަން ވެސް އިއުލާންކުރައްވާފަ އެވެ. މި ޕާޓީގެ ނަން، ލޯގޯ އަދި ކުލަ ވެސް ވަނީ އާންމު ކޮށްފައެވެ.

ޕީއެންއެފްގެ ކުލައަކަށް ހަމަޖައްސާފައިވަނީ ދަނބުކުލަ އެކެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް މިއަދު އެދޭނެކަމަށް އެ ޕާޓީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވަނީ ވިދާޅުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *