Tuesday, 28 July 2026
ފޮޓޯ: އެމްއެމްއޭ

2026ގައި ދައްކަން ޖެހޭ ބޮޑު ދަރަނީގެ އަސަރު ޕްރައިވެޓް ސެކްޓަރުތަކަށް ކުރާނެ – ވޯލްޑް ބޭންކް

ރާއްޖެއިން 2026 ވަނަ އަހަރު ދައްކަން ޖެހޭ ބޮޑު ދަރަނީގެ އަސަރު ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުތަކަށް ކުރާނެ ކަމަށް ވޯލްޑް ބޭންކް އިން ލަފާކޮށްފި އެވެ.

ސައުތު އޭޝިއަން ރީޖަންގެ މާލީ ހާލަތާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓްގައިވާ ގޮތުން 2026 ވަނަ އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި އެއްފަހަރާ ދައްކަން ޖެހޭ ބޮޑު އަދަދުގެ ސަބަބުން، ބޭނުންވާ އަދަދަށް ފައިސާ ހޯދުމަށް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެ އެވެ.

މީގެ ތިން އަހަރު ފަހުން، ތިން ގުނަ ބޮޑު އަދަދަކަށް ރާއްޖެ އިން ދަރަނި އަދާކުރަން ޖެހެ އެވެ. އެހެންވެ، ރާއްޖޭގެ ފިސްކަލް ހާލަތަށް ބަދަލު އަންނާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

މިކަމުގެ އަސަރު އެހާ ބޮޑަށް ކުރަނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ދަށްވުމުން ކަމަށް އެ އިދާރާއިން ބުންޏެވެ. ވޯލްޑް ބޭންކުން ބުނީ، މާލީ ގޮތުން މުޅި އިގްތިސާދަށް ކުރިމަތިވާ ތާށިކަން ޕްރައިވެޓް ސެކްޓަރަށް ވެސް ކުރާނެ ކަމަށެވެ.

ރާއްޖެއިން 2026 ވަނަ އަހަރު ދައްކަންޖެހޭ ދަރަނީގެ ތެރޭގައި 2021 ވަނަ އަހަރު ސަރުކާރުން ނެގި 500 މިލިއަން ޑޮލަރު — 7.7 ބިލިއަން ރުފިޔާގެ ސުކޫކް ހިމެނެ އެވެ.

މީގެ އިތުރުން ކުރީގެ ސަރުކާރުން އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޑް ފަންޑް — އޭޑީއެފްޑީ އިން ނެގި 100 މިލިއަން ޑޮލަރު — 1.5 ބިލިއަން ރުފިޔާގެ ލޯނުވެސް ދައްކަން ޖެހެނީ 2026 ވަނަ އަހަރު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *