Tuesday, 28 July 2026
ފޮޓޯ- ސާ ކަލެކްޝަން

ސާ ކަލެކްޝަންގެ ހުސްކުރާ ސޭލް: އަންނައުނުން ފެށިގެން ބަދިގެ ސާމާނާއި ހަމަޔަށް އަތްފޯރާ ފަށެއްގައި!

 

 

އޮންލައިންކޮށް ހިންގަމުން އަންނަ ސާ ކަލެކްޝަން ޕޭޖް އިން ހުސްކުރާ ސޭލްގެ ނަމުގައި ބޮޑު ޕްރޮމޯޝަންއެއް ފަށައިފި އެވެ.

 

މިމަހުގެ 13 އިން ނޮވެމްބަރު އެކެއްގެ ނިޔަލަށް ކުރިއަށް ގެންދާ މި ބޮޑު ސޭލްގައި ގިނަ ބާވަތެއްގެ މުދާ އެންމެ ހެޔޮ އަގުގައި ލިބޭނެކަމަށް ސާ ކަލެކްޝަން އިން ވަނީ ބުނެފަ އެވެ. މީގެތެރޭގައި އެކި އުމުރުފުރާއަށް ކަމުދާ އަންނައުނު، ފައިވާން، ބަދިގޭގެ ސާމާނު ގޭތެރޭގެ ސާމާނު، ކުޑަކުދިންނަށް ބޭނުންވާ އެކި ބާވަތްތަކުގެ އެއްޗެހިވެސް ލިބެން ހުންނާނެއެވެ.

ސާ ކަލެކްޝަންގެ ހުސްކުރާ ސޭލްގައި ހުރި ބައެއް ތަކެތި

ސާ ކަލެކްޝަނުން ވިއްކާ އެންމެ ހާއްސަ އެއްޗެއްސަކީ ހިތާނީ ސާމާނެވެ. ހިތާނުކުރާ ގެއަކަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް ސާ ކަލެކްޝަނުން ލިބެންހުރިއިރު، މި ހުރިހާ އެއްޗެއްވެސް ހުރީ އަތްފޯރާ ފަށުގައެވެ.

ސާ ކަލެކްޝަނުން ވިއްކަމުންދާ ބައެއް ހިތާނީ ސާމާނު

2018 ވަނަ އަހަރު ފެށި ސާ ކަލެކްޝަން އަކީ މިހާރު ގިނަ ބައެއްގެ މެދުގައި މަގުބޫލު ޕޭޖެކެވެ. ފޭސްބުކް އަދި ވައިބާރގައި ސާ ކަލެކްޝަންގެ ގްރޫޕް އަދި ޕޭޖް ހިންގަމުން އަންނައިރު މިހާތަނަށް ދިހަ ހާހަށްވުރެ ގިނަ މީހުން މި ޕޭޖު ފޮލޯކޮށް ވިޔަފާރި ކުރެއެވެ.

ސާ ކަލެކްޝަނުން ބުނިގޮތުގައި މިފަދަ ސޭލްތައް އަބަދުވެސް އެފަރާތުން ކުރިއަށް ގެންދެއެވެ. މި ފަދަ ޕްރޮމޯޝަންތަކުގެ މަގްސަދަކީ އަގުހެޔޮކޮށް އެއްތަނަކުން ގިނަ ބަޔަކަށް މުދާ ލިބޭނެގޮތް ފަހިކޮށްދިނުންކަމަށް ސާ ކަލެކްޝަނުން ބުނެފަ އެވެ.

ސާ ކަލެކްޝަންގެ ހުސްކުރާ ސޭލްގައި ހުރި ބައެއް ތަކެތި

ސާ ކަލެކްޝަނުން ވިޔަފާރި ކުރާ ފަރާތްތަކަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތްވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މާލެ، ވިލިމާލެ ފެރީ، ހުޅުމާލެ އަދި ރަށްރަށަށް ނަމަ ކަސްޓަމަރުން ބޭނުންވާ ލޯންޗް، ފެރީ، ދޯނި އަދި ބޯޓަށްވެސް ޑެލިވަރީ ކޮށްދޭނެކަމަށް އެ ފަރާތުން ވަނީ ބުނެފަ އެވެ.  ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ސާ ކަލްޝަނުން ޑެލިވަރީގެ ހިދުމަތްދެނީ ހިލޭ އެވެ.

ސާ ކަލެކްޝަނުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ސާ ކަލެކްޝަންގެ ފޭސްބުކް ޕޭޖް https://www.facebook.com/SAAAcollection?mibextid=LQQJ4d އަދި ވައިބަރ ގްރޫޕްއިން https://invite.viber.com/?g2=AQAwDflmzFoyhk6ZLs8xHmoSyYX9sy7%2BngKhYrNzpRvX64VDZJbNhuHONjSAK8lb އިން ވިޔަފާރި ކުރެވޭނެ އެވެ.

އިތުރު މައުލޫމާތު ވައިބަރ އަދި ވަޓްސްއެޕުން ނަމަ 9730086 އަދި ގުޅައިގެންނަމަ 9848401/7797536 އަށް ގުޅުމުން ލިބޭނެކަމަށް ސާ ކަލެކްޝަނުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *