މިއަދުގެ ހެނދުނު ދިހައެއް ޖެހުމާއި ހަމަޔަށް 36،163 މީހުން ވޯޓުލާފައި ވާކަމަށް އިލެކްޝަން ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އިލެކްޝަނުން ދާދި ދެންމެއަކު ހާމަކުރި ތަފާސް ހިސާބުގައި ވާގޮތުން މިހާތަނަށް ވަނީ 22،403 ފިރިހެނުންނާއި، 13،760 އަންހެނުން ވޯޓުލާފަ އެވެ. އަދި 246،232 މީހުން ވޯޓުނުލާ ތިބިކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ 282،395 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައި ވެއެވެ. އަދި އިލެކްޝަނުން ވަނީ ރާއްޖެ އާއި ބޭރ ޤައުމުތައް ހިމެނޭ ގޮތަށް 574 ވޯޓުފޮށި ބަހައްޓާފައެވެ.


