ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ފަސް ގައުމުގެ ތެރެއިން އިނގިރޭސިވިލާތުގައި ވޯޓުލާން ފަށާނީ ރާއްޖެ ގަޑިން 12:00ގައި ކަަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އިނގިރޭސިވިލާތް ފިޔަވާ އެހެން ގައުމުތަކުގައި ރާއްޖެ ގަޑިން ހެނދުނު 8:00 ޖެހިއިރު ވަނީ ވޯޓުލާން ފަށާފަ އެވެ. އިނގިރޭސިވިލާތުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މެންދުރު 12:00 ޖަހާއިރު އެވެ. އެއީ އިނގިރޭސިވިލާތު ގަޑިން ހެނދުނު 9:00 އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުގައި ބަހައްޓާފައިވާ އަށް ވޯޓު ފޮށި ހިމެނެ އެވެ.


