Tuesday, 28 July 2026
ފޮޓޯ: ޕީއެސްއެމް ނިއުސް

ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

މާލެ ސަރަހައްދުގައި ދެމުން ގެންދާ ބަހުގެ ހިދުމަތުގެ ތެރެއިން މާލެ އާއި ހުޅުމާލެ ގުޅުވާލަދޭ ބަސް ދަތުރުތައް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

މީގެކުރިން ބަހުގެ ހިދުމަތް ދެމުން ގެންދިޔައީ ފަތިހު 5:30 އިން ރޭގަނޑު 12:15 އަށެވެ. އެމްޓީސީސީ އިން ބަހުގެ ހިދުމަތް 24 ގަޑިއިރު ދޭން ފެށީ މިއަދު ފަތިހު 5:30 އިން ފެށިގެންނެވެ.

އެމްޓީސީސީން ރޭ ވިދާޅުވީ، މިއަދުން ފެށިގެން އެ ކުންފުނިން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ހިދުމަތް މާލެ އާއި ހުޅުމާލެ ގުޅައިވައިދޭ ވެސްޓް ޕާކް ރޫޓްތަކުގެ ދަތުރުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މިގޮތުން އެ ރޫޓްގެ ބަހުގެ ހިދުމަތް ކޮންމެ ދުވަހަކު 24 ގަޑިއިރުގެ ހިދުމަތް ފޯރުކޮށްދެމުންދާނެ ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *