Tuesday, 28 July 2026
ފޮޓޯ -- ރައްޔިތުން މަޖިލިސް ގެލެރީ

މިއަދުވެސް ކޯރަމް ހަމަނުވެގެން ޖަލްސާ ނިންމާލައިފި

ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީީފް ވިދާޅުވީ މިއަދު މަޖިލީސްއަށް ވަޑައިގެން ތިއްބެވީ 10 މެންބަރުން ކަމަށެވެ. އެހެންކަމުން ކޯރަމް ހަމަ ނުވާ ކަމަށް ވިދާޅުވިއެވެ،

ކޯރަމް ހަމަވޭތޯ ބެލުމަށްފަހު 9:30ގައި ޖަލްސާ ކުރިއަށް ގެންދަން މަސައްކަތްކުރި ނަމަވެސް ޖަލްސާ ފެށުމަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާ ކަމަށް ހަސަން އަފީފު ވިދާޅުވި އެވެ.

މަޖިލީހުގެ މަސައްކަތް ކުރިއަށް ދިއުމަށް އިސްކަންދޭންޖެހޭކަން ފާހަގަކުރައްވާ ހަސަން އަފީފު ވިދާޅުވީ ކޯރަމް ހަމަނުވެ ޖަލްސާ ނުފެށުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން ކޯރަމް ހަމަވާނީ 22 މެމްބަރުން ތިބެގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *