Tuesday, 28 July 2026
ކަޅު ބާޒާރުގައި ޑޮލަރުގެ އަގުވަނީ އުފުލިފަ - ފޮޓޯ ޑޯން. ކޮމް

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަނުން އުފުލި ޑޮލަރެއްގެ އަގު 18.30ރ އަށް އަރައިފި އެވެ.

މީޑިޔާތަކުން ބައެއް މީހުންނާއި ހަވާލާދީ ބުނެފައިވާގޮތުން ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ފަށާފައިވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. މިދިޔަ ބޮޑު ޗުއްޓީއާ ހައްޖު ދުވަސްވަރާ ދިމާކޮށް ޑޮލަރުގެ އަގު 18ރ. އަށް ވުރެ ވަނީ އަރާފައެވެ. އެހެން ނަމަވެސް ދެ ހަފްތާ ވަރު ފަހުން ޑޮލަރުގެ އަގު 17.50ރ. އަށް ވެއްޓުނެވެ.

ރާއްޖޭގެ ޤައުމީ ބޭންކުން ޑޮލަރު ވިއްކަމުންދަނީ ކުރީގެ ރޭޓުކަމަށްވާ 15.42 އިންނެވެ. ނަމަވެސް އެމްއެމްއޭގެ ޑޮލަރު އެކްސްޗޭންޖް ރޭޓް ވަނީ ދަށަށް ގޮސްފައެވެ. އެތަނުން ދައްކާގޮތުން ޑޮލަރުގެ ރޭޓު އުޅެނީ 15.34ގަ އެވެ.

ޑޮލަރުގެ އަގު މަތިވި އިރު، ރާއްޖެ އަށް ޓޫރިސްޓުން އަންނަ ވަރު އަނެއްކާ ވެސް ވަނީ އިތުރުވާން ފަށައިފަ އެވެ. އެގޮތުން މިމަހު އެވްރެޖުކޮށް ދުވާލަކު 5،600 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *