Tuesday, 28 July 2026
ފޮޓޯ ސަން އޮންލައިން

އޯލެވެލްގެ ނަތީޖާތައް ދޫކުރަން ފަށައިފި

މި އަހަރުގެ އެސްއެސްސީ އިމްތިހާނާއި އޯލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ނަތީޖާތައް ދޫކުރަން މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު 09:00 ދޫކުރަން ފަށާއިފައިވާކަމަށެވެ. އަދި އައިޖީސީއެސްސީގެ ނަތީޖާ މިއަދު 10:00 ގައި އަތޮޅުތެރޭ ސެންޓަރުތަކަށް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ. ސެންޓަރުތަކުން ވެސް ކެނޑިޑޭޓުންނަށް ހަމަ މިއަދު ނަތީޖާ ދޫކުރަން ފަށާނެއެވެ.

ޕްރައިވެޓްކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ ދޫކުރާނީ މިއަދު މެންދުރު 12:00އިން ފެށިގެނެވެ.

ނަތީޖާ ރީޗެކް ކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާއިން ފެށިގެން މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ނަތީޖާ ރީޗެކް ކުރުމަށް އެދި ހުށަހަޅަން ޖެހޭނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކަށެވެ.

މި އަހަރުގެ އެސްއެސްސީ އިމްތިހާނު ފެށީ މިދިޔަ އެޕްރިލް މަހުގެ 25 ވަނަ ދުވަހުއެވެ. އަދި, އައިޖީސީއެސްސީ އިމްތިހާނު ފެށީ މޭ މަހުގެ ދެވަނަ ދުވަހުއެވެ.

މި އަހަރުގެ އެސްއެސްސީ އިމްތިހާނުގައި ޖުމުލަ 6،107 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އަދި އައިޖީސީއެސްސީ އިމްތިހާނުގައި ޖުމުލަ 6،698 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *