ލާ ފައުންޑޭޝަނުގެ ސްކޮލާޝިޕް އަދި ލޯނު ސްކީމުގެ ދަށުން ކިޔަވާފައި ތިބި ދަރިވަރުން އެ ފައުންޑޭޝަނަށް ދައްކަން ޖެހޭ ފައިސާ މައާފުކުރުމުގެ ސިޓީ މި މަހު ހަވާލުކުރާނެ ކަމަށް ވިލާ ފައުންޑޭޝަނުން ބުނެފި އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ވަނީ އޭނާގެ ވިލާ ފައުންޑޭޝަނުން ދަރިވަރުން ކިޔެވުމަށްޓަކައި ދޫކޮށްފައިވާ ހުރިހާ ލޯނެއް މައާފުކޮށްދީފަ އެވެ.
އެ ފައުންޑޭޝަނުން ބުނީ މި އޮގަސްޓް މަހުގެ 27، އަދި 28 ގައި ދަރިވަރުންނާއި ސިޓީ ހަވާލުކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ އިތުރުން ލޯނު މައާފުކުރުމުގެ އިދާރީ މަސައްކަތްތައް ކުރުމަށްޓަކައި ކިޔަވާ ދަރިވަރުންގެ މައުލޫމާތު ހިއްސާކުރުމަށް ވިލާ ފައުންޑޭޝަނުން ވަނީ އެދިފަ އެވެ.


