Tuesday, 28 July 2026
އަލީ ޝާހިދު (ސްޓެޕް އައްޔަ) ---- ފޮޓޯ: ފުލުހުން

ފޯޖަރީގެ މައްސަލައެއްގައި ސްޓެޕް އައްޔަ ހޯދަނީ

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް ނެށުންތެރިޔާ، އަލީ ޝާހިދު (ސްޓެޕް އައްޔަ) ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުން މިއަދު ބުނީ ސްޓެޕް އައްޔަ އެ އިދާރާއަށް ހާޒިރުވާން އަންގައި، އޭނާގެ ފޮޓޯއާއި ވަނަވަރު އާންމުކުރީ އޭނާ ދިރިއުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެން މައްސަލައަކާ ގުޅިގެން މީގެ ކުރީންވެސް ސްޓެޕް އައްޔަ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

ކުރިން ފުލުހެއްގެ ވަޒީފާގައި އުޅުނު ސްޓެޕް އައްޔަ ވަނީ ފަހުން ނެށުމުގެ ދާއިރާއަށް ނުކުމެފައެވެ. އެފަހުން ޕީޕީއެމްގެ ގުޅިގެން ސިޔާސީ ހަރަކާތްތަކުގައި އުޅުމަށްފަހު މިހާރު އުޅެނީ އެމްޓީޑީގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *