ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް އެ ޕާޓީން ނެރެފައި ނުވާތީ ޕީޕީއެމް އޮތީ މަގުވެފައި ކަމަށާއި، މިހާރު އެ ޕާޓީގެ ކުލަ ވެސް ނިޝާން ވެސް ނެތްކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު އެ ޕާޓީގެ ޕޯޑިއަމްގައި މިރޭ ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްއަށް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެވިފައި ނުވަނީ އެ ޕާޓީގައި އެތެރޭގެ ޑިމޮކްރަސީ ނެތީމާ ކަމަށެވެ.
"ޕީޕީއެމްގެ ކެންޑިޑޭޓެއް މިއަަހަރުގެ ރިޔާސީ އިންތިހާބުގައި ބެލެޓް ކަރުދާހަކު ނެތް. ޕިންކް ކުލަ ވެސް ނެތް. ޕީޕީއެމްގެ ކުލަ ވެސް ނިޝާން ވެސް ނެތް،" ޕީޕީއެމް އަށް ފާޑުކިޔަމުން ރައީސް ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމަށް ހިދުމަތް ކުރެއްވުމަށް މިއަދު ހުންނެވުނީ އެންމެ ރަނގަޅު ތަނުގައި ކަމަށެވެ. އަދި ޕީޕީއެމްގެ މެންބަރުންވެސް ގާސިމަށް ތާއީދުކުރެއްވުމަށް ރައީސް ވަހީދު އެދިވަޑައިގެންނެވި އެވެ.