އައިން އެލް ހިލްވޭ ކޭމްޕްގައި ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ނާކާމިޔާބުވުމުން ނުވަ މީހަކު މަރުވެ ދިހަވަރަކަށް މީހުން ޒަހަމްވެއްޖެ އެވެ.
ލުބުނާނުގެ_ފަލަސްތީން އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ތެރޭގައި ވާދަވެރި ހަތިޔާރު އެޅި ޖަމާއަތްތަކުގެ މެދުގައި ތިން ދުވަހު ހިނގި ހަނގުރާމައިގައި މަދުވެގެން ނުވަ މީހަކު މަރުވެ އިތުރު ދިހަވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. ލުބުނާނާއި ފަލަސްތީނުން ހަމަނުޖެހުން ހުއްޓާލުމުގެ މެދުވެރިއަކަށް މަސައްކަތް ކުރި ނަމަވެސް ހަމަނުޖެހުންތައް ކުރިއަށްދާއިރު، ލުބުނާނުގެ ސިފައިން ހޯމަ ދުވަހު ވަނީ ދެކުނު ބަނދަރު ސިޓީ ސިޑޯން ކައިރީގައި އޮންނަ އައިން އެލް ހިލްވޭ ކޭމްޕް ވަށައިގެންވާ ސަރަހައްދު ބަންދުކޮށްފަ އެވެ.
55،000 ރެފިއުޖީން ދިރިއުޅޭ ކޭމްޕްގެ ބޭރުން ރިޕޯޓް ކުރަމުން އަލްޖަޒީރާގެ ނޫސްވެރިޔާ ބުނީ ހޯމަ ދުވަހުގެ މެންދުރު ފަހު ވަރުގަދަ ހަނގުރާމައިގެ ބާރު ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށެވެ.
"މިއީ ހަގީގަތުގައި ވެސް އިންސާނީ ދަތިކަމެއްގެ ގޮތުގައި ހެދިފައިވާ ކަމެއް،" އާބާދީ ބޮޑު ކޭމްޕުން ދިހަވަރަކަށް އާއިލާއަށް ސަލާމަތްވެވުނު ނަމަވެސް އަނެއް ބަޔަކު އެތެރޭގައި ތާށިވެފައި ތިބީ ފިލަން މާ ނުރައްކާތެރި ކަމުން ބައެއް މީހުން މިސްކިތްތަކުގައި ހިޔާވަހިކަން ހޯދާފައިވާ ކަމަށް އެއި ނޫހުގެ ނޫސްވެރިއަކު ބުންޏެވެ.
ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީ ކޭމްޕްގައި އެހީގެ އޮޕަރޭޝަންތަކާއި ހިދުމަތްތައް މެދުކަނޑާލި އެވެ.
އަދި ލުބުނާނުގެ ސިފައިންގެ ތަރުޖަމާނަކު ވިދާޅުވީ ހޯމަ ދުވަހު މަރުވި މީހުންގެ އަދަދު ނުވަ އަށް އަރާފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސް ނޫސް އެޖެންސީން ބުނެއެވެ.


