Tuesday, 28 July 2026

ޑރ. މުސްތޮފާ ލުތުފީ އަށް ދިވެހި ދައުލަތުގެ މަތީ އިއްޒަތް އަރުވައިފި

ކުރިން ވަޒީރުކަން ކުރައްވާފައިވާ ޑރ. މުސްތަފާ ލުތުފީ އަށް ދިވެހި ދައުލަތުގެ މަތީ އިއްޒަތް — ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް މިއަދު އަރުވައިފި އެވެ.

ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީގެ މަގާމުގައި މިވަގުތު ހުންނެވި ޑރ. މުސްތަފާއަށް މި އިއްޒަތް އެރުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

މުސްތަފާ ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1987 ވަނަ އަހަރު އެވެ. މިވޭތުވެދިޔަ ދިގު މުއްދަތުގައި އޭނާ އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވީ ތައުލީމީ ދާއިރާ އަށެވެ.

ކުރިން ވަޒީރުކަން ކުރައްވާފައިވާ ޑރ. މުސްތަފާ ލުތުފީ އަށް ދިވެހި ދައުލަތުގެ މަތީ އިއްޒަތް — ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް މިއަދު އަރުވައިފި އެވެ.

ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީގެ މަގާމުގައި މިވަގުތު ހުންނެވި ޑރ. މުސްތަފާއަށް މި އިއްޒަތް އެރުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

މުސްތަފާ ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1987 ވަނަ އަހަރު އެވެ. މިވޭތުވެދިޔަ ދިގު މުއްދަތުގައި އޭނާ އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވީ ތައުލީމީ ދާއިރާ އަށެވެ. ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފުރަތަމަ ޗާންސެލަރުގެ މަގާމުވެސް ފުރުއްވި ބޭފުޅަކީ ޑރ. މުސްތަފާ އެވެ.

ޑރ. މުސްތަފާ ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަމާއި، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޑިޔުކޭޝަން މިނިސްޓަރު ކަންވެސް ކުރައްވާފަ އެވެ.

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން ޑރ. މުސްތަފާ ވަނީ ރާއްޖެއަށް އޭރު އާންމުކޮށް ޓޫރިސްޓުން ނާންނަ ގައުމުތަކުން ރާއްޖެއަށް ޓޫރިސްޓުން ގެނައުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *