އައިޖީއެމްއެޗްގައި ބީއެމްއެލް އިން ބަހައްޓާފައި ހުރި އޭޓީއެމްތަކުގެ ތެރެއިން އެއް މެޝިނަށް ގެއްލުން ދީފައި ހުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މި އޭޓީއެމް ފަޅާލާފައިވަނީ ރޭ ފަތިހު ކަމަށް އެނގިފައިވެ އެވެ. އޭޓީއެމް ފަޅާލައި ފައިސާ ނެގި ކަމެއް އަދި ނެގީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ކަށަވަރެއް ނުވެ އެވެ.
އައިޖީއެމްއެޗްގެ އޯޕީޑީ ފަޅީގައި ބީއެމްއެލްގެ ތިން އޭޓީމެއް ބަހައްޓާފައި ހުރެ އެވެ. ގެއްލުން ދީފައި އޭގެ ތެރެއިން މެދަށް ހުރި އޭޓީއެމް އަށެވެ. ނަމަވެސް އޭޓީއެމްގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމަށްވެސް އެނގިފައެއް ނުވެ އެވެ.
މި މައްސަލައިގައި އަދި މީހަކު ހައްޔަރުކުރި ކޮށްފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.


