Tuesday, 28 July 2026
ގަމުން ޖިއްދާއަށް ކުރި ފުރަތަމަ ދަތުރުގައި ފުރި އުމްރާވެރިން --

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް ފަށައިފި

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް ފަށައިފިއެވެ.

އުމްރާގެ ދަތުރުގެ ހިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ޓްރެވެލާސް އިން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީގެ ޖިއްދާ އަށް މިއަދު ހެނދުނު 04:24 ގައި ގަމުން ފުރި މި ތާރީހީ ފްލައިޓަކީ ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ އެއާބަސް A330 ބޯޓެކެވެ.

މި ފްލައިޓުގައި ކުޑަކުދިން ހިމެނޭހެން 260 މީހުން ވަނީ އުމްރާއަށް ފުރާފައެވެ

މިދިޔަ އަހަރުގެ ޖުލައި މަހުގެ 22ގައި މޯލްޑިވިއަނުން އުމްރާ ދަތުރުތައް ފަށާފައިވާއިރު ނިމިދިޔަ ހައްޖު މޫސުމުގައި ހައްޖުވެރިން ސައުދީއަށް ގެންގޮސް އަދި އަނބުރައި ގެނަސްދިނުމަށްވެސް އެ އެއާލައިނުން ވަނީ ދަތުރުތައް ބާއްވާފައެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ފެށި ދަތުރުގެ ރޫޓަކީ މާލެ – ގަން – ޖިއްދާ އެވެ. އަދި އުމްރާވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ޖިއްދާ – ގަން – މާލެ ރޫޓުންނެވެ. މި ފްލައިޓުން ޖުމްލަ 259 އުމްރާވެރިން ދަތުރުކުރިއިރު، އޭގެ ތެރެއިން 110 އުމްރާވެރިންނަކީ ގަމުން ފްލައިޓާ ގުޅުނު ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ ރައްޔިތުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *