Tuesday, 28 July 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދު ----- ފޮޓޯ: މަޖިލިސް

ވިލިމާލެ ކޮންކްރީޓް ޖަންގައްޔަކަށް ހަދައިގެން ނުވާނެ: ނަޝީދު

ވިލިމާލެ މިހާރެކޭ އެއްގޮތަށް ގުދުރަތީ ރީތި ރަށެއްގެ ގޮތުގައި ދަމަހައްޓަން ޖެހޭނެ ކަމަށާއި އެއްވެސް ހާލަތެއްގައި އެ ރަށް ކޮންކްރީޓް ޖަންގައްޔަކަށް ހަދައިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދިނުމަކީ މާލޭގެ މޭޔަރަކަށް ހުންނެވިއިރުން ފެށިގެން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެވެ. އޭގެ އިތުރުން ވިލިމާލޭގެ ފުނަވާ ސަރަހައްދު ހަލާކުވާނެ ގޮތަށް ހޮސްޕިޓަލް އިމާރާތާއި އެކި ތަރައްގީގެ މަޝްރޫއުތައް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ.

މި ކަންކަމާ ދެކޮޅަށް ވިލިމާލޭގައި ދިރިއުޅޭ ބައެއް މީހުންނާއި ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ޖަމިއްޔާތަކުގެ ހަރަކާތްތެރިން މުޒާހަރާ ވެސް ކޮށްފައިވެ އެވެ. އަދި އެ މަޝްރޫއުތައް ގެންދަން ތާއީދުކޮށް ވިލިމާލޭގެ ބައެއް ރަށްވެހީން އަޑު އުފުލާފައި ވެސް ވެ އެވެ.

ނަޝީދު މިއަދު އެކްސްގައި ކުރެއްވި ވިލިމާލެ ބްރިޖަކުން މާލެއާއި ގުޅީ ފަޅާއި ތިލަފުށި ގުޅާލެވޭނެ ކަމަށާއި އުސް އިމާރާތްތައް އަޅަންވީ ދެންހުރި ރަށްތަކުގައި ކަމަށެވެ.

"ވިލިމާލެ އަކީ ފެހި ކަމާއި ގުދުރަތީ ތޮބީއަތާއި ސިފަތައް ހިމާޔަތް ކުރެވިފައިވާ، ކޮންކްރީޓް ޖަންގައްޔަކަށް ނުވާ ރަށެއްގެ ގޮތުގައި ދަމަހައްޓަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *