Tuesday, 28 July 2026
ސަފާގޭގޭ ގްރައުންޑް ފްލޯގައި ހުރި ގުދަނެއްގަ ރޯވެފައި -- ފޮޓޯ: އެމްވީ ކްރައިސިސް

މ. ސަފާގޭގައި ހުރި ގުދަނެއްގައި ރޯވެއްޖެ

މ. ސަފާގޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިއަދު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ރޯވެފައި ވަނީ މުނިޔާމަގުގައި ހުންނަ މ. ސަފާގޭގޭ ގްރައުންޑް ފްލޯގައި ހުރި ގުދަނެއްގައެވެ. އަދި މި ހާދިސާ ހިނގައިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 9:19 އެހައިކަންހާއިރު ކަމަށް ބުނެފައިވެއެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއާއި ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާންފަށާފައެވެ. އަދި އަލިފާންގަނޑުު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި މިހާދިސާއާ ގުޅިގެން ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، އަލިފާން ރޯވި އިމާރާތުން ބޯކޮށް ދުން އަރަމުންދާއިރު، މުޅި ސަރަހައްދަށް ވަނީ ދުމުގެ އަސަރު ވަރަށް ބޮޑަށް ފެތުރިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *