Tuesday, 28 July 2026
އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލް

އެމްޑީޕީއަށް ބަދަލުތަކެއް ގެންނަ މަގުޗާޓަށް ކޮމިޓީއެއް ނަގައި މުގައްރިރަކަށް ފައްޔާޒު

އެމްޑީޕީގެ ހިންގުމަށް ބަދަލުތަކެއް ގެނައުމަށް ކޮމިޓީއެއް އުފައްދައި އެ ކޮމިޓީގެ މުގައްރިރަކަށް ފައްޔާޒު އިސްމާއިލް ހަމަޖައްސައިފިއެވެ.

މި މަގުޗާޓަކީ 2024 ވަނަ އަހަރު އެ ޕާޓީގެ ސެކްރެޓޭރިއަޓުން އެކުލަވާލަން ފެށި މަގުޗާޓެކެވެ. އޭރު އެ ޕާޓީގެ ޗެއާޕާސަނަކަށް ހުންނެވީ ވެސް ފައްޔާޒެވެ.

ފައްޔާޒު ޕާޓީގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވުމުން މަޑު ޖެހިގެން ދިޔަ އެ މަސައްކަތް ފުރިހަމަ ކުރުމަށް ކޮމިޓީއެއް އެކުލަވާލަން ނިންމީ، މިހާރުގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީ އިން ބުނި ގޮތުގައި މި ކޮމިޓީގެ މެންބަރުންނަކީ:

1. ކުރީގެ ޗެއާޕާސަން, އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު (ކޮމިޓީގެ މުގައްރިރު)

2. ކުރީގެ ޑިފެންސް މިނިސްޓަރު އަދި މައްޗަންގޯޅި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މާރިޔާ އަހުމަދު ދީދީ

3. ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި)

4. ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ)

5. އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު މައުރޫފް އަހުމަދު

6. އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހިމް ވަހީދު

7. ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

8. އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (މާލީ) އަދި ބާރަށު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހުމަދު އަބްދުﷲ

9. އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު މަހުފޫޒް ސައީދު

10. ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުލްލަތީފް

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. ޕާޓީގެ ހިންގުމަށާއި އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެވޭނީ ކޮންގްރެސް އިން ފާސްކޮށްގެނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *