Tuesday, 28 July 2026
މިއަދު ކުރިއަންދާ އިންތިހާބުތަކުގެ ތެރެއިން -- ފޮޓޯ: އީސީ

މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތަކަކީ އެމްއެންޕީއާއި އަދާލަތު

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން އޮޑިޓް ރިޕޯޓް ހުށަހެޅި ޕާޓީތަކާއި ހުށަނާޅާ ޕާޓީތައް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު އާންމުކޮށްފި އެވެ.

ކޮންމެ އަހަރަކު ވެސް އަހަރަކު އެ ޕާޓީން ހަރަދުތައް ކުރި ގޮތާއި އާމްދަނީ ލިބުނު ގޮތުގެ މައްޗަށް ތައްޔާރުކޮށް އޮޑިޓް ކުރެވިފައިވާ ރިޕޯޓެއް ޕާޓީތަކުން ހުށަހަޅަން ޖެހެ އެވެ.

އީސީން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ އަހަރު އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތަކަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި އަދާލަތު ޕާޓީ އެވެ.

މީގެ ތެރެއިން އެމްއެންޕީއަކީ ސަރުކާރާއެކު މަސައްކަތްކުރާ ޕާޓީއެކެވެ. އެއީ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޕާޓީއެކެވެ.

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އޮޑިޓް ރިޕޯޓް ހުށަހަޅާފައިވެ އެވެ.

ވިޔަފާވެރިޔާ އަދި މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާއި، ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވިއަން ޑެވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ން ވެސް އޮޑިޓް ރިޕޯޓް ހުށަހަޅާފައިވެ އެވެ.

އޭގެ އިތުރުން ޕީއެންސީން ވަކިވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އިން ވެސް އޮޑިޓް ރިޕޯޓް ހުށަހަޅާފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު ހިމެނެނީ މި ހަތް ސިޔާސީ ޕާޓީ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *