ބޭރުގައި ދިރިއުޅެމުންދާ ދިވެހިންނާއި ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ގޮސް ތިބޭ ދިވެހިންނަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ހާއްސަ ނަންބަރެއް ހަމަޖައްސައިފި އެވެ.
އެންސްޕާއިން މި ނަމްބަރު ގާއިމުކުރީ، މިހާރު އެ އިދާރާގެ ހޮޓްލައިނަށް ގުޅުމުގައި ރާއްޖެއިން ބޭރުގައި ތިބޭ މީހުންނަށް ދަތިތަކަކާ ކުރިމަތިވާތީ އެ ކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށް ބުންޏެވެ. އެއީ މިހާރު އެންސްޕާއިން ފޯރުކޮށްދޭ ތެރަޕެޓިކް ފަރުވާއަށް ބޭނުންވާ މައުލޫމާތުތައް ސާފުކުރުމަށެވެ.
އެންސްޕާއިން ބުނީ ގޮތުގައި އެ ފަރާތްތައް ހަމަޖެއްސީ ވަޓްސްއަޕް މެދުވެރިކޮށް ގުޅޭނެ ނަންބަރެކެވެ.
އެ ގޮތުން ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 10 ޖެހުމާ ހަމައަށް 7291402 ނަމްބަރު މެދުވެރިކޮށް އެ ނަންބަރަށް ގުޅައިގެންނާއި މެސެޖުކޮށްގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެންސްޕާއިން ބުންޏެވެ.


