Tuesday, 28 July 2026
މަގުމަތީގެ ސަލާމަތަށް ހޭލުންތެރިކުރުވުމަށް ފުލުހުން ބޭއްވި ޑްރިލެއްގެ ތެރެއިން

ހުޅުމާލެ ނިރޮޅުމަގުގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލެ ފޭސް 1 ގެ ނިރޮޅުމަގު، ރުއްގަނޑު 1 ސަރަހައްދުގައި ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ހާމަކުރިގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 20:42 އެހާކަންހާއިރުއެވެ.

މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް، ހުވަނދުމާ ހިނގުމަށް އަޅަން އުޅުމުގެ ތެރޭގައި އެ ވަގުތު ނިރޮޅުމަގުން ދަތުރުކުރި ކާރެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން 36 އަހަރުގެ ދިވެހި އަންހެނަކަށް ވަނީ އެކިވަރުގެ ކުދި އަނިޔާތައް ލިބިފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލައި، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *