Tuesday, 28 July 2026

އަތޮޅު ކައުންސިލް އުވާލުމުން ހދ. އަތޮޅުން އަމިއްލަ ބޯޑެއް އެކުލަވާލަނީ

އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، ހދ. އަތޮޅުގެ ރަށްތަކުގެ ކައުންސިލްތައް ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ބޯޑެއް އެކުލަވާލުމަށް ނިންމައިފި އެވެ.

އެ ގޮތަށް ނިންމީ އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން ބައެއް ރައީސުންނާއި ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް މިއަދު އޮންލައިންކޮށް ބޭއްވެވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި އަތޮޅު ބޯޑެއް އެކުލަވާލުމަށް ހުށަހެޅުއްވީ ކުޅުދުއްފުށީ މޭޔަރު އާތިފެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ރައީސުން އެ ހުށަހެޅުމަށް ތާއީދު ކުރެއްވި އެވެ.

އެ ގޮތުން ބޯޑުގެ މަގުސަދުތައް ކަނޑައަޅައި، މަސައްކަތް ކުރާނެ ފޮތުގެ އުސޫލެއް މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކުލަވާލުމަށް ނިންމާފައިވެ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނި ގޮތުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ދެން ބައިވެރިވެވަޑައިގަތީ ނޮޅިވަރަމް، ނޮޅިވަރަންފަރު، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ، ފިނޭ، ނައިވައިދޫ އަދި ނެއްލައިދޫ ކައުންސިލްގެ ރައީސުން ބައިވެރިވެވަޑައިގެންނެވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *