Tuesday, 28 July 2026

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފިރުޒުލް އައްޔަންކޮށްފި

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު އައްޔަންކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެއީ އޭނާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރަން ނިންމުމުންނެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ބުނީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަގާމަށް ވެސް ފިރުޒުލް އައްޔަންކުރައްވާފައިވާ ކަމަށެވެ.

ފިރުޒުލް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ އަންޑަސެކްޓްރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގަ އެވެ.

އޭނާއަކީ އިންތިގާލީ މަރުހަލާގައި ރައީސް މުހައްމަދު މުއިއްޒުގެ އިންތިގާލީ އޮފީހުގެ ތަރުޖަމާނު ކަން ކުރެއްވި ބޭފުޅާ އެވެ. ވެރިކަންކުރާ ޕީއެންސީގެ ތަރުޖަމާނަކީ ވެސް މިހާރު އޭނާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *