Tuesday, 28 July 2026
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

މި ސަރުކާރުން ކުރިން ބޮޑުކުރި ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި އިސްލާހު ފާސްކޮށްފައިވަނީ މާބޮޑު ދިރާސާއަކާ ނުލައި، މުޅި މަޖިލީހުގެ ކޮމިޓީންނާއި ތަޅުމުން އިއްތިފާގުންނެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ނިކޮޓިން ޕެޗް ފަދަ ސިއްހީ ވަސީލަތްތަކުން ޑިއުޓީ މައާފުކޮށް، އެފަދަ ތަކެތި އާންމުންނަށް ފަސޭހައިން ލިބޭނެ މަގުފަހިކުރުމަކީ ވެސް މި އިސްލާހުގެ ބޭނުމެކެވެ.

ކުރިން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ބާޒާރުގައި ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ސަރުކާރުން ފާހަގަކުރި ގޮތުގައި އަގު އުފުލުމުގެ ސަބަބުން ސިނގިރޭޓު ވަގަށް އެތެރެކުރުން އިތުރުވެ، އޭގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އާމްދަނީއަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

މި ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއެކު އެޤާނޫނަށް އަމަލުކުރަން ފަށާނެއެވެ. އަދި ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް، އާންމުކުރަންޖެހޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *