Tuesday, 28 July 2026
ހެރިޓޭޖް މިނިސްޓަރު ހީނާ މަޖިލީހުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: މަޖިލިސް

60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ޖުމްލަ 4.1 މިލިއަން ރުފިޔާ ހަރަދުވި: ހީނާ

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ޖުމްލަ 4.1 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިއަދު ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި މާލެ ސަރަހައްދުގައި ކަމަށެވެ.

އަދި އަތޮޅުތެރޭގެ އެއްވެސް ރަށެއްގައި މި މުނާސަބަތާ ގުޅޭ ހަރަކާތްތައް އެ މިނިސްޓްރީން ހިންގާފައި ނުވާކަން ހީނާ ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ފާހަގަކުރި މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފްގެ އަސްކަރީ ޕެރޭޑާއި، ކެޑޭޓް ކޯގެ ހަރަކާތްތަކުގެ އިތުރުން ސްކޫލްތަކުގެ ކުޅިވަރުތަކާއި ފުޅަނދުބުރު ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *