މިދިޔަ 18 އަހަރު އެކި ސަބަބުތަކާ ހުރެ ނުނިމި އޮތް މ. މުލަކު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު މި ސަރުކާރުގައި ނިންމައި މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
އެ ތަން ރަސްމީކޮށް ހުޅުވައިދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
އެ ތަނަކީ 2008 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ތަރައްގީ ކުރުމުގެ މަސައްކަތް ފެށި ނަމަވެސް ކުރިއަށް ނުގޮސް ހުއްޓިފައި އޮތް މަޝްރޫއެކެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނި ގޮތުގައި، އެ ރަށުގެ ޒުވާނުންގެ އެދުމުގެ މަތިން މިސަރުކާރުން އެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމައި މިއަދު ހުޅުވީ ފުރިހަމަ ވަސީލަތާ އެކުގަ އެވެ.
މި މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީއާ) ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.


