Tuesday, 28 July 2026
ރައީސް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގަައި ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސްއާ ވަކިން ބައްދަލުކުރެވޭނެ އިންތިޒާމެއް ހަމަޖައްސަނީ

ކޮންމެ ހަފުތާއެއްގެ ދެ ދުވަހަކު އާންމު ރައްޔިތުންނާ ވަކިން ބައްދަލުކުރެވޭނެ އިންތިޒާމެއް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެސްއެމުން ގެނެސްދިން "ނޭޝަން ޗެޓް" ގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި ބޭއްވި ބައްދަލުވުންތަކާއި އަވަށު ބައްދަލުވުންތަކުގައި ހިއްސާކުރި މައްސަލަތަކަށް ހައްލު ގެންނަން ވަކި ޓީމެއް ނަގައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެން ނަމަވެސް އެ ގޮތަށް ބޭއްވޭ ބައްދަލުވުންތަކުން ގިނަ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާ ކުރަން ފުރުސަތު ނުދެވޭ ކަމަށް ރައީސް ގަބޫލުކުރައްވަ އެވެ. އެހެންވެގެން ރައީސް އޮފީހުން ކަނޑައަޅާ ވަކި އުސޫލެއްގެ ތެރެއިން އެޕޮއިންޓްމަންޓް ހައްދަވައިގެން އެމަނިކުފާނާ ވަކިން ބައްދަލުވެވޭނެ ގޮތެއް ހަމަޖައްސަވާނެ ކަމަށެވެ.

"އެކަމަށް އެދޭ ފަރާއްތަކަށް ވަގުތު އޮންނަ ވަރަކަށް އުސޫލުގެ ތެރެއިން ވަގުތު ދެވިގެންދާނެ. 93 ދާއިރާ ނިމެނޭ ، ލައްކަ ދުވަހުން. ކޮންމެ ދާއިރާއަކުން 10 ނުވަތަ 15 އާއިލާއާިއ ބައްދަލުވާކަމަށް ވަންޏާ 15 ވަރަކަށް ގެޔާއި ބައްދަލުވަންޏާ ވަރަށް ގިނަ މީހުންނާއި ފުރުސަތު ލިބިގެންދާނެ. އެ މީހަކު ބޭނުންވާ ވާހަކަތަކެއް ދައްކަން. އެކަހަލަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށަން އެބަ އުޅެން" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރަށްވުރެ އިތުރު ވަގުތު ހޭދަކުރެއްވުމަށް ވެސް ނިންމަވާފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *