Tuesday, 28 July 2026
ފެމިލީ ކޯޓު ހިންގާ އިމާރާތް - ފޮޓޯ؛ އެޓޯލް ޓައިމްސް

26/6/26: މިއަދުގެ ރީތި ތާރީހުގައި މާލޭގައި އެކަނި 50 ކައިވެނި

މިއަދު ރީތި ތާރީހުގައި މާލޭގައި އެކަނި 50 ކައިވެނިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ފެމިލީ ކޯޓުން ބުނި ގޮތުގައި އޭގެ ތެރޭގައި ގިނައީ ކޯޓުން ބޭރު ކައިވެނިކޮށްދިނުމަށް އެދި ހުށަހެޅި ފަރާތްތަކެވެ.

އެ ގޮތުން ކޯޓުން ބޭރުގައި 39 ކައިވެނި ކޮށްދިނުމަށް ރަޖިސްޓްރީކޮށްފައިވެ އެވެ. ކޯޓުގައި ކުރުމަށް ރަޖިސްޓްރީކޮށްފައިވަނީ 11 ކައިވެންޏެކެވެ.

ރީތި ތާރީހުތަކުގައި ކައިވެނިކުރުމަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލުވެގެން އުޅޭ ކަމެކެވެ. މިފަދަ ރީތި ތާރީހުތަކުގައި ކައިވެނިކުރުމަށް 50 އާއި 90 އާ ދެމެދުގެ އަދަދަކަށް ރަޖިސްޓްރީކޮށްދިނުމަށް ހުށަހަޅާ ކަމަށް ފެމިލީ ކޯޓުން މީގެ ކުރީގައި ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *