Monday, 27 July 2026
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ -- މީރާ

ޖީއެސްޓީ އާމްދަނީ 8.6 ބިލިއަން ރުފިޔާއަށް

މެދުއިރުމަތީގެ ހަނގުރާމައާއި ދުނިޔޭގެ އިޤްތިޞާދީ ނުޔަތަކުގެ ތެރޭގައި ވެސް، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ އާމްދަނީ މި އަހަރު ކުރިއަށް ޖެހިލައިފިއެވެ. ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، ޖީއެސްޓީން ލިބުނު ޖުމްލަ އާމްދަނީ 8.6 ބިލިއަން ރުފިޔާއަށް އަރައިފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެއް މުއްދަތާ އަޅައިބަލާއިރު 9 ޕަސެންޓްގެ ކުރިއެރުމެކެވެ.

މި އަހަރު ދައުލަތަށް 40.4 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް 19.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، 14.8 ބިލިއަން ރުފިޔާ ލިބުނީ ޓެކްސް މަގުންނެވެ. އެ އާމްދަނީގެ އެންމެ ބޮޑު ހިއްސާ ވަނީ ޖީއެސްޓީގެ ދަށުން ލިބުނު 708 މިލިއަން ރުފިޔާގެ އިތުރު އާމްދަނީއެވެ.

ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 6.02 ބިލިއަން ރުފިޔާއަށް އަރައިފައިވާއިރު، އާންމު ވިޔަފާރިތަކުން ނަގާ ޖީޖީއެސްޓީ 2.5 ބިލިއަން ރުފިޔާއަށް އަރައިފައިވެއެވެ. މި ދެ ބަޔަކީ ވެސް މިދިޔަ އަހަރާ އަޅައިބަލާއިރު ކުރިއެރި ބަޔެކެވެ.

ނަމަވެސް ޓޫރިޒަމް ސެކްޓަރުގެ ހާލަތު އަދިވެސް އެއްކޮށް ހަމަޔަކަށް ނޭޅެއެވެ. ފެބްރުވަރީ ފަހުން ފެށި މެދުއިރުމަތީގެ ހަނގުރާމަ އާއި ދަތުރުފަތުރުގެ ހުރަސްތަކުގެ ސަބަބުން މާރިޗް މަހު ފަތުރުވެރިން 20.7 ޕަސެންޓް މަދުވިއިރު، އޭޕްރިލް މަހު 24.4 ޕަސެންޓް ދަށަށް ވެއްޓިއެވެ. އެހެންވެސް، މެއި މަހުން ފެށިގެން މާކެޓު އަނެއްކާ ހަރަކާތްތެރިވެ، ޓޫރިސްޓުންގެ އަދަދު ކުރިއަށް އެރުމަށް ފަށައިފައިވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *