Tuesday, 28 July 2026
ރައީސް ޑރ މުއިއްޒު، ޤުރުއާން މުބާރާތުން ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވުން---ފޮޓޯ:ޕީއެސްއެމް

ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަނަށް ހުޅުވާލައިފި

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އުޞޫލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު، މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މިއަދު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެ މަރުކަޒުގެ ޕޯޓަލް މެދުވެރިކޮށް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅު4ވާ ގޮތް

މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަން ބުރު، ސެމީ ފައިނަލް އަދި ފައިނަލް ބުރެވެ. އޮޑިޝަން ބުރު މާލޭގެ އިތުރުން ކަނޑައެޅޭ ބައެއް ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ސެމީ ފައިނަލަށް ހޮވޭނީ އޮޑިޝަނުން އެންމެ މަތިން މާކްސް ހޯދާ 500 ބައިވެރިންނެވެ. އަދި ފައިނަލް ބުރަށް ހޮވުމަށް ހަމަޖެހިފައިވަނީ ސެމީ ފައިނަލުން އެންމެ މަތިން މާކްސް ހޯދާ 150 ބައިވެރިންނެވެ.

މުބާރާތުގެ އުޞޫލަށް ގެނައި ބަދަލާއެކު، އުމުރުން 26 އަހަރު ނުފުރޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ފަރުދީ ގޮތުން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މުބާރާތުގެ ފައިނަލް ބުރު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަތޮޅުތަކުން މާލެ އަންނަ ބައިވެރިންނަށް އެލަވަންސެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ އެކި ބައިތަކުން އެއްވަނަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކޮލަރޝިޕްގެ ދަށުން ބައިވެރިން ބޭނުންވާ ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ލިބިގެންދާނެ ކަމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތު ދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *