ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕިއެންސީ) ގެ ތަރުޖަމާނުގެ މަގާމަށް އުސްތާޛު މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ހަމަޖައްސަވައިފިއެވެ.
ޕިއެންސީން ރޭ ވަނީ އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. އެ ޕާޓީން ބުނީ ކޮންގްރެސް ޕާޓީގެ ތަރުޖަމާނަކަށް ފިރުޒުލް ހަމަޖައްސާފައިވާ ކަމަށާއި، ޕާޓީގެ ހުރިހާ މެންބަރުންގެ ނަމުގައި އޭނާއަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އުސްތާޛު މުހައްމަދު ފިރުޒުލް އަކީ މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނެވި ދުވަސްވަރު، އެމަނިކުފާނުގެ ތަރުޖަމާނުގެ މަގާމުވެސް ފުރުއްވީ ފިރުޒުލްއެވެ.
ފިރުޒުލް ވަނީ އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރޭގައިވެސް ކޮންގްރެސް ޕާޓީގެ ތަރުޖަމާނެއްގެ ގޮތުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އޭނާ އަކީ މީޑިއާއާ ގާތް ގުޅުމެއް ބާއްވަވާ، މައުލޫމާތު ފޯރުކޮށްދިނުމުގައި ތަޖުރިބާކާރު ބޭފުޅެކެވެ.


