Tuesday, 28 July 2026

އުރަމަތީ ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރަކަށް އަލްތާފް!

އުރަމަތީ ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ރާއްޖޭގެ ފުރަތަމަ ދިވެހި ޑޮކްޓަރުގެ ޝަރަފު ޑރ. އަލްތާފް އަދްނާން އިސްމާއިލް ހޯއްދަވައި، ހުޅުމާލެ ހޮސްޕިޓަލުގައި ހިދުމަތް ދެއްވަން ފަށްޓަވައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އުރަމަތީ ކެންސަރުގެ ބަލިތަކަށް ހާއްސަ ސާޖަރީން ފެލޯޝިޕް ފުރިހަމަކުރެއްވުމަށްފަހު ޑރ. އަލްތާފް މިހާރު ވަނީ އެ ހޮސްޕިޓަލުގެ ޓީމާ ގުޅިވަޑައިގެންފައި ކަމަށެވެ. މިކަމާ ގުޅިގެން އެ ހޮސްޕިޓަލުން ވަނީ ޑރ. އަލްތާފަށް މަރުހަބާ ދަންނަވައި، އޭނާގެ ފަންނީ ގާބިލުކަމުގެ ސަބަބުން މުޖުތަމައަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ޑރ. އަލްތާފަކީ މީގެ ކުރިންވެސް ސިއްހީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން މެޑިސިން ފުރިހަމަކުރެއްވުމަށްފަހު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އައިޖީއެމްއެޗްގައެވެ. އޭގެ ފަހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގައި ސާޖަރީއަށް ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، ޑރ. އަލްތާފަށް ދެއްކުމަށް އެޕޮއިންޓްމަންޓް ބޭނުންވާ ފަރާތްތަކަށް އެ ހޮސްޕިޓަލުގެ ހޮޓްލައިން ނަންބަރު 1417 އަށް ގުޅައިގެން އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *