ސައޫދީ އަރަބިއްޔާގެ މަގުބޫލު ދީނީ އިލްމުވެރިޔާ ޝައިހް އާސިމް އަލް ހަކީމް މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝައިހަށް މަރުހަބާ ވިދާޅުވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއެވެ.
މޯލްޑިވްސް ޓްރެވެލް ކްލަބުން ބުނީ ޝައިހް އާސިމް ރާއްޖެ ކުރައްވާ މި ދަތުރަކީ ދަތުރުވެރިޔާ އުމްރާ ގުރޫޕު "ދަ ޓްރެވަލާ" ގެ ދައުވަތަކަށް ކުރައްވާ ދަތުރެއްކަމަށެވެ. ޝައިހް އާސިމްގެ ދަތުރުގައި ރާއްޖޭގެ ފަސް ސިޓީ އަށް ވަޑައިގަންނަވާނެ އެވެ.
މި ދަތުރުގައި ޝައިހް އާސިމް ދަރުސްދެއްވަން ހަމަޖެހިފައިވަނީ:
- ކުޅުދުއްފުށި ސިޓީ – އެޕްރީލް 28
- މާލެ ސިޓީ – އެޕްރީލް 29
- އައްޑޫ ސިޓީ – އެޕްރީލް 30
- ފުވައްމުލަކު ސިޓީ – މެއި 1
- ތިނަދޫ ސިޓީ – މެއި 2
މި ދަރުސްތަކުގައި އާންމުންގެ ސުވާލުތަކަށް ފުރުސަތު ވެސް ދޭ ގޮތަށް ހަމަޖެހިފައިވެ އެވެ.


