Tuesday, 28 July 2026
ލ. މާބައިދޫ / ސަބުނަމްހައުސް، ޙުސައިން ޝަޙްބާން

ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

މާލޭގެ ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ހިނގި އެ ހާދިސާއާ ގުޅިގެން ހިންގި ތަހުގީގު މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި ހާދިސާގެ ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ / ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި މި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވި ނަމަވެސް، އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *