Tuesday, 28 July 2026
ޕީޖީ އޮފީސް---

ހިޔާރޯދީގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަޙުޤީޤު ނިންމައި ދައުވާކުރަން ފޮނުވައިފި

މާލޭގެ ގ. ހިޔާރޯދިގޭގައި މިދިޔަ މާރިޗު މަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގި ތަޙުޤީޤު ނިންމައި، އެ މައްސަލައިގައި ދައުވާ އުފުލުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި މި އަލިފާނުގެ ހާދިސާގެ ތަޙުޤީޤު ނިންމުމަށްފަހު، ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި ހިނގާ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވެނީ ލ. މާބައިދޫ، ސަބުނަމްހައުސް، އުމުރުން 29 އަހަރުގެ ޙުސައިން ޝަޙްބާން އަށެވެ. ފުލުހުން ވިދާޅުވި ގޮތުގައި، މި މައްސަލައިގެ ޝަރީއަތް ނިމެންދެން ޝަޙްބާން ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ވަނީ އަމުރުކޮށްފައެވެ.

މި ހާދިސާއަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ހާދިސާއަކަށް ވާއިރު، ފުލުހުން ވަނީ މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ބޭނުންވާ ހެކިތަކާއެކު ދައުވާ ކުރުމުގެ މަރުހަލާއަށް މައްސަލަ ފޮނުވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *