ރ. ރަސްގެތީމުން މަރުވެފައި އޮތް މީހަކު ރޭ ފެނިއްޖެއެވެ.
ފުލުހުން ބުނީ އެ ރަސްގެތީމު ސޯސަންގޭއިބްރާހީމް ޔޫސުފް، 55، ގެ ޚަބަރެއް ނުވެ ދެ ދުވަސްވެފައިވާ ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރޭ 10:00 ޖަހަން އުޅެނިކޮށް އޭނަ ދިރިއުޅޭ ގެއަށް ވަދެ ބެލިއިރު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ބެލިބެލުމުން، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ އަކީ އެކަނި ދިރިއުޅެމުން އައި މީހެކެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.


