Tuesday, 28 July 2026
އީދުމުބާރަކުގެ އަލި---ފޮޓޯ:އެޑިޝަން

ރަށްރަށުގައި އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ހެރިޓޭޖް މިނިސްޓްރީން އިލްތިމާސްކޮށްފި

ކުރިއަށް އޮތް އަޟްހާ އީދު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި، އެކި ހަރަކާތްތައް ހިންގުމަށް މިނިސްޓްރީ އޮފް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ރަށު ކައުންސިލްތަކުގައި އެދިއްޖެއެވެ.

އެ މިނިސްޓްރީން އިއްޔެ ރަށު ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، އީދު ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ހައްޖުގެ މަތިވެރި އަޅުކަމަށްފަހު އިސްލާމީ ދިވެހި ސަގާފަތުގައި ބޮޑު އީދު ފާހަގަކުރުމުގެ ރޫހާއި އާދަކާދަތައް ދެމެހެއްޓުން ކަމަށެވެ. އަދި މިއީ އިސްލާމީ ވަހުދަތު ވަރުގަދަކޮށް، ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

މިނިސްޓްރީން ވަނީ އީދު ފާހަގަކުރުމުގެ ގޮތުން ރަށްރަށުގައި ކުރިއަށް ގެންދެވިދާނެ ކަމަށް ފެންނަ ބައެއް ހަރަކާތްތަކުގެ ލިސްޓެއް ވެސް ކައުންސިލްތަކަށް ފޮނުވާފައެވެ. އެ މިނިސްޓްރީގެ ބޮޑު އެދުމަކީ ރާއްޖޭގެ ހުރިހާ ރަށަކުން ވެސް މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، އީދުގެ އުފާވެރިކަން ފާޅުކުރުމެވެ.

މިނިސްޓްރީން ހުށަހަޅާފައިވާ ބައެއް ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ:

އެ ހަރަކާތްތަކުގެ ތެރޭގައި:

  • އީދު ދުވަހުގެ ރޭ ވެދުމާ ދިއުމަށް ފަދަ ހާއްސަ ހަރަކާތްތައް ހިންގުން
  • ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި ނަމާދަށްފަހު ސައި ބޭއްވުން. އަދި ނަމާދުގެ ކަންކަން ކައުންސިލްތަކުން ކުރިއަށް ގެންދަން ޖެހޭނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން. އަދި އީދު ސައި ހަމަޖައްސަން ޖެހޭނީ އަންހެނުންގެ ކޮމެޓީތަކާ ގުޅިގެން
  • އީދު ދުވަހު މެންދުރު ކުރިން އީދު ހަދިޔާ ބަދަލުކުރުން އަދި އެއް ގެއިން އަނެއް ގެއަށް މެންދުރުގެ ތަށިބަރި ބަދަލުކުރުން ފަދަ ހަރަކާތެއް ކުރިއަށް ގެންދިއުން
  • އީދާ ގުޅިގެން އެ ރަށެއްގައި ކުޅެ އުޅޭ ސަގާފީ ކުޅިވަރުތައް، އީދު ދުވަހުގެ ހަވީރު ބޭއްވުން. އެ ކުޅިވަރުތަކުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނަށް ބައިވެރިވެވޭނެ ހަރަކާތްތައް ހިންގުން
  • އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުނުވާ ގޮތަށް ރޭގަނޑު ސްޓޭޖް ޝޯ ބޭއްވުން
  • ކަލަންޑަރުގައިވާ ގޮތުން އަޟްހާ އީދު ވާނީ އަންނަ މަހުގެ 27،28 އަދި 29 އަށެވެ.
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *