Tuesday, 28 July 2026

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް މާދަމާ ހާއްސަ ހަވީރެއް ބާއްވަނީ

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ހާއްސަ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ. މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލެ ފޭސް އެކެއްގެ ރުއްގަނޑު 2 ސަރަހައްދުގައެވެ. މިއަހަރުގެ ބަހުގެ ދުވަހުގެ ޝިއާރަކީ "ގައުމިއްޔަތު ދިރުވާން ސާފުބަހުން ވާހަކަދައްކަމާ" މިއެވެ.

މި ހަވީރުގައި ކުޑަކުދިންނާއި ބޮޑެތިމީހުންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ވާހަކަ ކިޔުމާއި، އެކިކުލަ، ބުނަމާބުނަމާ، އެވޭލާމިވޭލާ، އަދި އާދޭއާދޭ ފަދަ ކުޅިވަރުތަކުގެ އިތުރުން ފޮތް މައުރަޒެއްވެސް ހިމެނެއެވެ.

މިފަދަ ހަރަކާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ބަހަށް ލޯބި އުފައްދައި، ބަސް އާލާކޮށް ދިރުވުމެވެ. ހާއްސަކޮށް މިޒަމާނުގައި ދިވެހި ބަހުގެ ތެރެއަށް އިނގިރޭސި ބަސް މަސްހުނިކޮށްގެން ވާހަކަދެއްކުން އިތުރުވަމުންދާތީ، ކުދިންނަށް ދިވެހި ބަހުގެ މުހިއްމުކަން އަންގައިދީ، ރަނގަޅު ގޮތުގައި ބަސް ބޭނުންކުރުމަށް މި ހަރަކާތުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ. ކޮންމެ އަހަރެއްގެ އޭޕްރިލް 14 އަކީ ރާއްޖޭގައި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *