Tuesday, 28 July 2026
ށ. މިލަންދޫ

ސައިކަލެއްގައި ރޯކޮށްލި މައްސަލައެއްގައި މިލަންދޫއިން ދެ މީހަކު ހައްޔަރުކޮށްފި

ށ. މިލަންދޫގައި މީހެއްގެ ސައިކަލެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ރަށަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ މުހައްމަދު ޒަހުނީ އާއި 24 އަހަރުގެ މުހައްމަދު ސިނާން އެވެ. މި ދެ މީހުން މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އެމީހުންގެ ބަންދަށް ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، މިލަންދޫ އިރުމަތީ ފަރާތު ރިންގްރޯޑް ކަނޑޫފާ ސަރަހައްދުގައެވެ. މި ދެ މީހުންގެ މައްޗަށް މުދަލަށް ގެއްލުންދިނުމުގެ އިތުރުން ވައްކަންކުރުމާއި، މުދަލަކުން ހުއްދަ ނޫން ބޭނުންކުރުމުގެ ތުހުމަތު ވެސް ވަނީ ކުރެވިފައެވެ.

މުދަލަށް ގެއްލުންދިނުމާއި ވައްކަންކުރުމަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލުތަކެކެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *